މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަން އިއުލާނުކުރި މީހާ
މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނީ ގެއްލިގެން ހޯދަމުންދިޔަ މއ. ބޯޅަކިންކިރިމާގެ، އުމުރުން 30 އަހަރުގެ އަޙުމަދު އައިމަން، ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ އަހުމަދު އައިމަން މަރުވެފައި އޮއްވާ ފެނުނީ މ.ރަބީއުވިލާއިންނެވެ. މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 2:30 އެހާކަށް ހާއިރުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ވީގޮތެއް…