ޔޫއޭއީގެ ރައީސާއި އިންޑިއާގެ އެންއެސްއޭ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފި
ޔޫއޭއީގެ ރައީސް އައްޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން އާއި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (އެންއެސްއޭ) އަޖިތު ދޯވާލް އަބޫދާބީގައި މުހިންމު ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމާއި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މިގޮތުން، މެދުއިރުމަތީގެ މިހާރުގެ ހާލަތާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތަށް ހުރި ނުރައްކާތަކާ ބެހޭގޮތުން ދެ ބޭފުޅުން…









