މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި
ހޯރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށިޕޮލިސް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށި / ޑީންސްވިލާ، އަޙްމަދު ޝާމިލް (41އ) އާއި ހއ. ހޯރަފުށި / ޑީންސްވިލާ، އިބްރާހީމް މުޙައްމަދު (40އ)އެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް…









