ކޮންޓްރޯލުން ނެއްޓިގެންގޮސް ފުލުހެއްގެ ގައިގައި ޖެހުނު ކާރުގެ ޑްރައިވަރު ހައްޔަރު ކޮށްފި
ހައިވޭގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ކޮންޓްރޯލުން ނެއްޓިގެންގޮސް ޖެހުނު ކާރުގެ ޑްރައިވަރު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ޓެކްސީ ދުއްވަން އިން މީހާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. ހުޅުމާލެ ބުރިޖް ހައިވޭގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ކޮންޓްރޯލުން ނެއްޓިގެން އައި ކާރަކުން ޖެހުނު ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:30 ހާއިރު، ބްރިޖުން ހުޅުމާލެ އަދި ހުޅުލެ ގުޅުވާލާ ހަތަރު އޮނގޮޅި ކަންމަތީގައެވެ. ޓްރެފިކް ބަލަހައްޓަން ހުރި…