އައިސީޖޭގެ އަމުރު ތަންފީޒުކުރަން ބާރުއެޅުމަށް އެމްޑީޕީން ގޮވާލައިފި
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) އިން އިޒްރޭލާ ދެކޮޅަށް ނެރުނު އަމުރު ތަންފީޒުކުރަން ދިވެހި ސަރުކާރުން ބާރުއަޅައިދިނުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އައިސީޖޭއިން ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ފުރިހަމައަށް އަމަލުކުރުމަށް އެ ޕާޓީން ގޮވާލާ ކަަމަށެވެ. އަދި އިސްރާއީޅުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް މިއީ އެންމެ ރަނގަޅު ވަގުތު…