19 ވަނަ މަޖިލީހާ މެދު އެމްޑީޕީން ފަހުރުވެރިވޭ
މާދަމާ ދައުރު ހަމަވާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއި މެދު އެމްޑީޕީން ފަހުރުވެރިވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. މީގެ ފަސް އަހަރު ކުރިން 2019 ގައި ރައްޔިތުން އިންތިޚާބުކުރި 87 މެމްބަރުންގެ ދައުރު ހަމަވާނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ނިންމެވީ ޖަލްސާތައް އިއްޔެ ނިޔަލަށް ކުރިއަށް ގެންދިޔުމަށެވެ. މަޖިލީހުގެ ރައީސްއާއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 19 ވަނަ…