ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަނީ
މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ. މިގޮތުން ފުލުހުން ހޯދަމުންދަނީ ނ.މަނަދޫ / ރީޙުއްޞަބާ، އަޙްމަދު ހިޝާމް (35އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ. ފުލުހުން ވަނީ މައްސަލައިގެ ތަޙުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް…