ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި
ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފިއެވެ. ފުލުހުން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގެ ކައިރީގައި ދެމީހެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ރޭ 8:20 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މި މާރާމާރީގައި އެކަކުގެ ނޭފަތް ފެޅި އަނިޔާވެފައިވާއިރު، އަނެކަކަށް ބޭރުފުށުން އަނިޔާއެއްވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.