އޭސީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނިލްފާ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ސެކްރެޓަރީ ޖެނެރަލަކު ހޯދާތާ ހަ މަސް ފަހުން، އެ މަގާމަށް ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ފާތިމަތު ނިލްފާ އައްޔަންކޮށްފިއެވެ. އޭސީސީން މިއަދު ވަނީ ނިލްފާ އެސްޖީގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނެފައެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރާއި މި ސަރުކާރުގައި ނިލްފާ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ކުރެއްވީ މާރިޗް 10، 2021އިން މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. ޕާމަނަންޓް ސެކްރެޓަރީއަކީ އެ…