މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 5 މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ ފަސް މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ ޖެނުއަރީ 26 ގައި ހިންގި އޮޕަރޭޝަންގައި ފ. ނިލަންދޫން ކަމަށެވެ. ނިލަންދޫގައި މަސްތުވާތަކެތި ބޭނުންކޯށްގެން އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ނިލަންދޫ ގެއެއް ބަލައި ފާސް ކުރިއިރު،…