ރައީސް ނަޝީދު މާލެ ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ނަޝީދަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. މެއި ހައެއް ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އަށް ފަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ނަޝީދު ހުންނަވާތާ މިހާރު 4 މަސް ވަނީ ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ މި ދަތުރުފުޅުގައި ރާއްޖޭގައި މަޑުކުރައްވާނީ ތިން ދުވަހަށެވެ. ނަޝީދުގެ މިދަތުރުފުޅަކީ ބުދަ ދުވަހު ދުބާއީގައި ފެށި ވޯލްޑް އެކްސްޕޯގައި…