ކޮވިޑްގެ ވައްތަރުތައް ދެނެގަތުމަށް، ހަފުތާއަކު 50 ސާމްޕަލް ބޭރަށް ފޮނުވާ: ޑރ ނަޒުލާ
ކޮވިޑް19ގެ ވައްތަރުތައް ދެނެގަތުމަށް، ހަފުތާއަކު 50 ސާމްޕަލް ރާއްޖެއިން ބޭރަށް މިހާރުވެސް ފޮނުވަމުންދާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑރ ނަޒުލާ ވިދާޅުވީ، އޮގަސްޓް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއަކު 50 ސާމްޕަލް އިންޑިއާއަށް ފޮނުވާއިރު މިއަދާ ހަމައަށް 800 އަށްވުރެ ގިނަ ސާމަޕަލް ފޮނުވާ ޓެސްޓް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އަލަށް ފެނިގެން އުޅޭ އޮމިކްރޮން ވޭރިއަންޓާ ގުޅިގެންވެސް ބަލަން ޖެހޭ ގިނަ ކަންކަން ރާއްޖެ އިން ބަލަމުން…