މީހަކު ރަހީނުކޮށް، ބަރަހަނާ ވީޑިއޯ ނަގައިގެން ފައިސާ އަތުލި މައްސަލައެއް
މީހަކަށް ވަޅިން ބިރުދައްކައި، އިންޒާރުދީގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް 34 އަހަރުގެ ދިވެހި ފިރިހެނަކު ހާޒިރުވުމަށް އަންގައި ވަނަވަރު އާންމުކޮށްފިއެވެ. މި މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ސ. ހިތަދޫ، ސޯމާ، 34 އަހަރުގެ ޝަފީޤު އިބްރާހީމަށެވެ. ފުލުހުން ބުނީ ތަހުގީގަށް ޝަފީޤު ހާޒިރުވުމަށް އަންގާފައިވަނީ މީހެއްގެ ބޭންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާ މައްސަލައެއްގައި ކަމަށެވެ. ފައިސާ ފޭރުމަށް މީހަކަށް…