ރައީސް ޔާމީން މިނިވަންވުމުން އިދިކޮޅުން އުފާ ފާޅުކުރަން ފަށައިފި
ކުރީގެ ރައީސް ޔާމީން މިނިވަންވުމުން އިދިކޮޅުން އުފާ ފާޅުކުރަން ފަށައިފިއެވެ. އެގޮތުން ރައީސް ޔާމީންއަށް މަރުހަބާ ކިއުމަށްޓަކައިވެސް މިވަގުތު އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް ވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް އެއްވެފައެވެ. ރައީސް ޔާމީން އަށް އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު މިއަދު ސަލާމަތް ވި އިރު ވަނީ ޖަލުގައި 732 ދުވަސް ހޭދަކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސްކަން ކުރެއްވި ރައީސަކު މިހާ ގިނަ ދުވަސް ވަންދެން ބަންދުގައި ހޭދަކުރެއްވި ފުރަތަމަ ފަހަރެވެ.…