ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި ހުޅުވާލަނީ
ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާންކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިިނިސްޓަރ ވިދާޅުވީ މިއަހަރު އިސްލާމީ ޢިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރ ޕީއެޗްޑީގެ ގިނަ ފުރުޞަތު ހުޅުވައިލެވޭނެ ކަމަށެވެ. މީގެ އިތުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ވެސް ޒަކާތުފަންޑުން ދިނުމަށް އިއުލާން ކުރެވޭނެކަމަށެވެ. އަދި މެޑިސިންގެ…