އެމްޑީޕީގެ ވާދަވެރި ބޮޑު އިންތިހާބުގެ ވޯޓުލުން ފަށައިފި
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
އިދިކޮޅު ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން މާދަމާއަށް ތާވަލުކޮށްފި އެވެ.
އިސްލާމީ ގައުމުތަކުގެ ވެރިން އދ ގައި ތަގުރީރު ކުރައްވާއިރު ފްރާންސްފަދަ ގައުމުތަކުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ކުރުން ކުށްވެރިކުރުން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތަށް އަނބުރާ ހޯދަން އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން ލިބުނީ އެންމެ 11 ހާސް ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ޑިމޮކްރަސީއެއް އޮތް ގައުމެއް ނަމަ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. މި ސަރުކާރުގެ އެންމެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައި ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމްއެމްޕީއާރުސީގެ ރުފިޔާގައި ޖެހިފައިވާ ކަމަށާއި އެމަނިކުފާނު 35 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ކަޅު ދަބަހެއްގައި އުފުލި ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ހެކި ފުލުހުންގެ…
ދިވެހި ސިވިލް ސަރވިސް މުވައްޒަފުންނާއި މެދު ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙްގެ ސަރުކާރުން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ޢަމަލުކުރަމުން ދަނީ ދެވަނަ ދަރަޖައިގެ މުވައްޒަފުންގެ ގޮތުގައި ކަމަށް އިދިކޮޅުން ބުނެފިއެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އެ މުވައްޒަފުންނަށް ލިބިދޭ ޢިނާޔަތްތައް ކަނޑާލުން ނުވަތަ އުނިކޮށްލުންފަދަ ކަންކަން ހިންގާފައިވާ ކަމަށެވެ. އަދި 2008 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީގެ ސަރުކާރާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް އުނިކޮށްލި…
ރޭ އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާއެއްގެ ތެރެއިން، އެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންތަކަކަށް ފުލުހުން އަނިޔާކުރި މައްސަލަ ބަލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ގޮވާލައިފި އެވެ.
އިންސާފު ގާއިމުކޮށް ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ އިދިކޮޅުން މަގުމައްޗަށް ނިކުމެއްޖެއެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިވަގުތު އެންމެން ތިބީ މަޖީދީމަގު ޗާންދަނީ މަގު ޖަންކްޝަން ސަރަހައްދުގައި ކަމަށެވެ. އަދި ސުލްހަވެރި އެއްވުމުގެ ބައިވެރިން ގޮވަމުންދަނީ އިންސާފު ގާއިމުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ ސުލްހަވެރި މުޒާހަރާ މިހާރު ވަނީ ފުލުހުން ރޫޅާލާފައެވެ. މީގެ އިތުރުންވެސް އެ މުޒާހަރާ ކަވަރު…