ފުލުހުންނަށް ބިރުދެއްކި މީހުންގެ މުއްދަތު ޖަހައިފި
ކުލަ ހެދުމުގައި ތިބި ދެ ފުލުހުންނަށް ވަޅިން ބިރުދެއްކި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދު މުއްދަތު ޖަހައިފިއެވެ. ރޭ 10:00 ހާއިރު ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރި ހިންގި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދިވެހި 3 ފިރިހެނުންނެވެ. އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ. ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން…