ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް މާހިރު
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ރ. އަލިފުށި، މެޑޯޒް، އިބްރާހިމް މާހިރު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އިސް ގާޒީ ކަމަށް މާހިރު އައްޔަންކުރަން ޖޭއެސްސީން ނިންމީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މާހިރު އަށް ފަތްކޮޅު ދިނުން އަންނަ ހަފްތާގައި އޮންނާނެ އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން…