މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން މީޑިއާތަކަށް ހުޅުވާލައިފިއެވެ. ޔޫތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ދެ އާންމު މެންބަރުން ހޮވުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ، ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށް އިއުލާންގައިވެއެވެ. ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، ޖޫން 10، 11، 12، 13، އަދި 23 ގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށް ވަނީ…