ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުން ބާއްވައިފި
ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މި ރަސްމިއްޔާތުގައި އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޢާޒީ، އަލްއުސްތާޛް ޢަލީ ނަސީރެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. އަދި މި ރަސްމިއްޔާތުގައި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރައްވާއިރު އަންގަވާ އެންގެވުންތައް…