ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުން 344 ޒުވާނަކު ދަސްވެނިވެއްޖެ
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުން 344 ޒުވާނަކު ދަސްވެނިވެއްޖެ އެވެ. ނެޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ވަނީ ޅ. މާފިލާފުށީގައި ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މަޢުމޫނެވެ. ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް ބައިވެރިން ނެގީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލެ އާއި ހއ. ދިއްދު އާއި ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މަނަދު އާއި ރ.…









