މޫސުން ގޯސްވުމާއި ގުޅިގެން ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހު ކިޔަވައިދޭ ގަޑިތައް ކުރުކުރަނީ
މޫސުން ގޯސްވުމުގެ ސަބަބުން ދިރާސީ އައު އަހަރުގެ ފުރަތަމަ ތިން ދުވަހު ސުކޫލް ސެޝަންތައް ކުރު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއީ މޫސުމީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތުން މިނިސްޓްރީން ވަނީ އެ ތިން ދުވަހު ކޮންމެ ދަންފަޅިއެއްވެސް 2 ގަޑިއިރާއި 3 ގަޑިއިރާ ދެމެދަށް ފައްތަައިގެން ކުރިއަށް ގެންދިޔުމަށް އެދިފައެވެ. އަދި ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް…