ތިން ގައުމަކަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުން ދީފި
ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ މަގާމަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދޭން ފާސްކުރި ފުރަތަމަ ބޭފުޅަކީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ހަމަޖެއްސުމަށެވެ. އޭނާ އައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައި ދެވަނަ އަށް ރުހުން ދިނީ…