އެއްކޮށްލި ދެމިނިސްޓްރީގެ ޕީއެސްއިން ވަކިކޮށްފި
ސަރުކާރުގެ މިނިސްޓްރީތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމާ އެކު، އެ ދެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވި ގޮތުގައި، މިނިސްޓްރީތައް އެއްކޮށްލުމާ ގުޅިގެން އަލުން އެއް ޕާމަނަންޓް ސެކްރެޓަރީއަކު އައްޔަންކުރުމަށްޓަކައި، މިހާރު ތިއްބެވި ދެ ޕާމަނަންޓް ސެކްރެޓަރީން ކަމުގައިވާ، ޓޫރިޒަމް މިނިސްޓްރީގެ ފާތިމަތު ޝައުފާ އާއި އެންވަޔަރަންމަންޓް…