ކުށްހުރި ގްރޭޑް އެކެއްގެ ފޮތުގައި އިސްލާހުކުރި ސަފުހާއެއް ތަތްކުރަނީ
ކުށްހުރި ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގައި އިސްލާހުކުރި ސަފުހާ ތަތްކޮށްދިނުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން އެދިއްޖެއެވެ. އެންއައިއީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަދުރީސުލް ގުރުއާން ގުރޭޑް އެކެއްގެ ތިން ވަނަ ޗާޕުގެ ދެވަނަ ޔުނިޓްގެ 64 ވަނަ ސަފްހާގައިވާ ކުށް އިސަލާހުކުރުމަށް މިހާރު ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފޮތް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ކީރިތި ގުރްއާނުގައި ވާގޮތަށް ނަބާ ސޫރަތް ކިޔަވައިދިނުމަށް ވަނީ އެދިފައެވެ. ޕްރިންޓު ކުރުމުގައި މި…