އިދިކޮޅުގެ "އިންސާފު ހޯދުމަށް" މުޒާހަރާ ފަށައިފި
އިދިކޮޅުގެ "އިންސާފު ހޯދުމަށް" މުޒާހަރާ ފަށައިފިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ އެއް ވަގުތެއްގައި މުޒާހަރާ ފަށާފައެވެ. މިއަދުގެ މުޒާހަރާގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ދަނީ ބައިވެރިވަމުންނެވެ. މި މުޒާހަރާ ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މި މުޒާހަރާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބުދުއްރަހީމް (އަދުރޭ) ވިދާޅުވީ، މި ސަރުކާރުން ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދުރޭ ވިދާޅުވީ، ރައީސް…