ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވުމަށްފަހު މުދާ ގެންދިޔަ މައްސަލައެއްގައި މީހަކު ހޯދަނީ
ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވުމަށްފަހު މުދާ ގެންދިޔަ މައްސަލައެއްގައި، ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ މިމީހާ ހޯދަމުން ދަނީ ވިޔަފާރިކުރުމަށްފަހު ފައިސާ ދެއްކިކަން ދެއްކުމުގެ ގޮތުން ސައްހަނޫން އިންޓަރނެޓް ބޭކިންގ ސްލިޕެއް ފިހާރައިގެ ނަންބަރަށް ވައިބަރ ކުރުމަށްފަހު މުދާ ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މިމީހާއަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް…