ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި
ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ އެ ލިސްޓަގައިވާ ފާރާތްތަކުގެ ތެރެއިން ދެމަފިރިންނަށް ހައުސިންގ ޔުނިޓް ލިބޭ މިންވަރަށް ޕޮއިންޓް ލިބިފައިވާނަމަ، ދެމަފިރިންގެ ތެރެއިން ހައުސިންގ ޔުނިޓް ދޫކޮށްލާ ފަރާތެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ. އެގޮތުން ދެމަފިރިންގެ ތެރެއިން ހައުސިންގ ޔުނިޓު ދޫކޮށްލާ ފަރާތުގެ މަޢުލޫމާތު ދެ ފަރާތުން ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހައި ލިޔުމުން އެކަން ބަޔާންކޮށް 26 ޖޫން…









