ސަރުކާރުން އެންމެ އިސްކަމެއް ދެނީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ވަރުގަދަކުރަން: ނައިބު ރައީސް
ސަރުކާރުން އެންމެ އިސްކަމެއް ދެނީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ވަރުގަދަކުރަން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ޏ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދައިދެއްވުމަކީ މުޅި ސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމުގައި ސިފަކުރެއްވިއެވެ. އަދި މި ކުރެވޭ މަސައްކަތުގެ…