ހަވާލުނުވާ އައިޑީކާރޑުތަކެއް ހުރުމުން، އެ ކާޑުތައް ދޫކުރުމަށް ހިދުމަތްދޭ ވަގުތު ޑީއެންއާރުން އިތުރުކޮށްފި
ހަވާލުނުކުރެވި ގިނަ އައިޑީކާރޑުތަކެއް ހުރުމުން، އެ ކާޑުތައް ދޫކުރުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮންލައިންކޮށް ހުށަހަޅައިގެން ހަދާ ނިމިފައިވާ ގިނަ އައިޑީކާރޑުތަކެއް އެއިދާރާގައި އެބަހުރި ކަމަށެވެ. އޮންލައިންކޮށް އައިޑީކާރޑު ހެއްދުމަށް ފޯމް ބަލައިގަތުމަށް އެއިދާރާއިން ނިންމާ އެ ހިދުމަތް ދޭން ފެށީ ކޮވިޑް19ގެ ބަލިމަޑުކަން ފެތުރު ސަރުކާރު އޮފީސްތައް ބަންދުކުރުމުންނެވެ. އެގޮތުން ޙަވާލުނުކުރެވި ގިނަ އަދަދެއްގެ ކާރޑު ހުރުމުގެ ސަބަބުން އެކާޑުތައް ޙަވާލުކުރުން މިއަދުން…









