"ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބާއްވަނީ
"ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބާއްވަން ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވީ މި އެއްވުން ބާއްވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމުގައެވެ. ވަޒީރުންގެ މަޖިލީހުން މިއަދުވަނީ ފަލަސްތީނުގެ މައްސަލައާއި ގުޅުންހުރި އެހެން ބައެއް ނިންމުންތައްވެސް ނިންމާފައެވެ. އެގޮތުން، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން…









