ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ބިދޭސީ މީހަކު ހައްޔަރުކޮށްފި
ޤަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކަމުން ދިޔަ މީހަކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރެވުނީ ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކުގައެވެ. މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރަސުލް އުފާ ރިދޯއި (30) އެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބުނާގޮތުން މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަކީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ސީސީޓީވީ ފުޓޭޖުގެ…








