ދެ ބޭހަކުން ކެމިކަލް ފެނުމުން އެތެރެކޮށް ވިއްކުން މަނާކޮށްފި
ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމާ ގުޅިގެން އެ ދެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އާންމުކުރި އެލާޓެއްގައި މަނާކުރި ދެ ބޭހަކީ މެލޭޝިއާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ސިރަޕާއި ޕާކިސްތާންގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕެވެ. މި ދެ ބޭހުން ފެނުނީ ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް…