ދަނގެތީ ބިން ހިއްކަން ހަވާލުކޮށްފި
އދ. ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ. އެ ކުންފުންޏާ އެ މަޝްރޫއުތައް އާ ހަވާލުކުރެީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަހިބަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރޭގަ އެވެ. އެގޮތުން އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ދަނގެތިން 27.32 ހެކްޓަރުގެ ބިން ހިއްކައި، 576 މީޓަރުގެ ވަގުތީ…









