މާދަމާއިން ފެށިގެން ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލަނީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާ، ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހު ވިދާޅުވީ ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ފަލާހު ވިދާޅުވީ، މި ޕްރައިމަރީ އަކީ…









