ޖޭއެސްސީ އަށް ކުރިމަތިލާން ހުޅުވާލައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފި އެވެ. ޖޭއެސްސީން ބުނީ ކުރިމަތިލުމުގެ ސުންގަޑި ހަމަވާނި އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ކަމަށެވެ. ޖޭއެސްސީއަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނާންޖެހޭ ޝަރުތުތަކަކީ އުމުރުން 30 އަހަރު ވެފައިވުމާއި…