ކޯޓުތަކާއި މެދުގައި އާއްމުންނަށް އޮތް އިތުބާރު ދަނީ އިތުރުވަމުން: އަލީ ޒާހިރު
ކޯޓުތަކާއި މެދުގައި އާއްމުންނަށް އޮތް އިތުބާރު ދަނީ އިތުރުވަމުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވިދާޅުވީ މިހާރު ބަޔަކު މީހުން ކޯޓަށް ނުފޫޒު ފޯރުވާ ހުކުމްތައް ބަދަލު ކުރުމަށް ސިޔާސީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ފާޑު ފާޑުގެ އޯޑިއޯތައް ހަދައިގެން އުޅެނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރަމުންދާ ދައުވާތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި މިފަދަ…