ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް މެންބަރުން ޢައްޔަނުކުރައްވައިފި
"މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028' - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން" މަގުޗާޓުގައިވާ ކަންކަން ދައުލަތުގެ އަސާސްތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަންފީޒުކުރުމަށް އުފެއްދެވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް މެންބަރުން ޢައްޔަނުކުރައްވައިފިއެވެ. މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛ 1- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން 2- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު 3- މިނިސްޓަރ އޮފް އެޑިޔުކޭޝަން،…









