ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުނުކުރާތީ މައްސަލަ މަޖިލީހަށް
ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން އެ ވައުދުފުއްދުން ލަސްވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީއެވެ. މެންބަރު ހުސައިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނުއަށް ބޮޑުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި މި ވައުދުވެފައިވަނީ 2024 ގެ…