ތެލެސީމިއާ ހޮސްޕިޓަލް ތަރައްގީކުރާނީ ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއެކު
ތެލެސީމިއާ ހޮސްޕިޓަލް ތަރައްގީކުރާނީ ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއެކު ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ. ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ދޭނެ ހޮސްޕިޓަލެއް ހުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ. އެތަން ވެގެންދާނީ މި ސަރަހައްދުގައިވެސް ތަރައްގީކުރާ އެންމެ ވަރުގަދަ ހޮސްޕިޓަލަށް ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ. މިނިސްޓަރު ހަލީލް ވިދާޅުވި ގޮތުގައި އެ…









