ޒިންމާދާރު ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ވަކި އަތަކަށް ނުޖެހޭ އިންސާފުވެރި އަދި ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެ މާހައުލެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. މި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝިއަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވަނީ، ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓުމަށާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ކޮރަޕްޝަން ނައްތާލުމުގައި މިނިވަން ނޫސްވެރިކަން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިއަދަކީ ނޫސްވެރިންގެ އަޚުލާގީ މިންގަނޑުތަކާމެދު ފުންކޮށް ވިސްނަންވީ ދުވަހެއްކަން ފާހަގަކުރައްވައި،…









