މަހުލޫފުގެ ކޮރަޕްޝަން މައްސަލައިގައި ޕީޖީން އެދުނު ކަންކަން ފުރިހަަމަކޮށްފި
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކޮރަޕްޝަން މައްސަލައިގައި ފުރިހަމަ ކުރަން އެދުނު ކަންކަމާއި ސާފުކުރަން ބޭނުންވި މައުލޫމާތުތައް ހިމަނައި ލިޔުންތައް އަލުން ޕީޖީއަށް ފޮނުވައިފި އެވެ.