ސްޓެލްކޯގެ ހާއްސަ ޓީމަކުން ގޮސް ދުވާފަރުގެ ކަރަންޓު މައްސަލަ ހައްލުކޮށް ކަރަންޓު ދީފި
ރ. ދުވާފަރަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ހާއްސަ ޓީމަކުން އެރަށަށް ގޮސް، އެ މައްސަލަ ހައްލުކޮށްފި އެވެ. ދުވާފަރުގެ ކަރަންޓު ކޭބަލްތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން އިއްޔެގެ އެތައް އިރެއްވަންދެން އެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް އޮތީ ކެނޑިފަ އެވެ. އެ މައްސަލަ ހައްލު ކުރަން އެމްޑަބްލިޔުއެސްސީން ކުރަމުންދިޔަ މަސައްކަތަށް ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމަކުން އެ ރަށަށް ދާން ފުރިކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އިއުލާން ކުރެއްވީ ރޭ…









