އިންތިހާބީ މެމްބަރުން މަޖިލީހަށް އަހުލުވެރި ކުރުވަން ސެޝަނެއް
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އަހުލުވެރިކުރުވުމުގެ ގޮތުން މިއަދު ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ. މަޖިލިސް އިދާރާއިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯ އަދި ވެބްސައިޓުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިއަދު މި ސެޝަނުގައި 20 ވަނަ މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ސެޝަންގައި ބައިވެރިވެވަޑައިގެން 19 ވަނަ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވަނީ އާ މަޖިލީހުގެ މެމްބަރުންނާއި މުހާތަބު ވެސް ކުރައްވާފަ…









