ކޮޕީރައިޓްސްގެ ބިލު ރައީސް ތަސްދީގުކުރައްވައިފި
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ. އެ ބިލަކީ މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވި ބިލެކެވެ. އެ ބިލު ފާސްކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ. އެ އިސްލާހު ގެނައުމުގެ މަގުސަދަކީ ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ އެނޫން ވެސް ހައްގުތަކާގުޅޭ ކަންކަން…