އީރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެ
އީރާނުގެ ރައީސް ޑރ އިބްރާހީމް ރައީސީ އަވަހަރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުޒިއްޔާ ފޮނުއްވައިފިއެވެ. އީރާނުގެ ރައީސް ޑރ އިބްރާހީމް ރައީސީ އަވާހަރަވީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ދިމާވި ހާދިސާއަކާއި ގުޅިގެން، ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ މި ހާދިސާއާއި ގުޅިގެން ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކުރީ އިއްޔަ ހެދުނުއެވެ. އެއީ ދަތުރު ކުރައްވަމުންދިޔަ ހެލިކޮޕްޓަރު އެމަރޖެންސީ ލޭންޑިންގެއް ކުރިކަމުގެ މައުލޫމާތެވެ. މީސް މީޑިއާ ޕްލެޓްފޯމެއްކަމުގައިވާ އެކްސްގައި ރައީސް ޑރ މުއިއްޒު ވަނީ…