ސްކޫލް ޔުނިފޯމަށް ގެންނަ ބަދަލު ހިއްސާކޮށްފި
2027އިން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމު ގެންނަން ނިންމި ބަދަލު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކާ ހިއްސާކޮށްފި އެވެ. މިނިސްޓްރީން ބުނެފައި ވަނީ ބަދަލު ގެންނަނަން އެއް މިންގަނޑެއް ހިފަހައްޓައި، ފަސޭހަކަމާ އެކު ޔުނިފޯމު ލބުމުގެ މަގުފަހިކޮށް ދޭން ކަމަށެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝައިފީޢު ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރު ސްކޫލުތަކުގައި ދަރިވަރުން ބޭނުން ކުރާ ޔުނިފޯމަކީ، ދަރިވަރުން އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާ އެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް…









