ރައީސްގެ ތައުޒިޔާ ތުރުކީ އަށް
ތުރުކީވިލާތުގެ ބޯލޫގެ ކާރްތާލްކަޔާ ސްކީ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު ތުރުކީގެ ރައީސް އުރްދުޣާނަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެތައް ބަޔަކަށް ހާނިއްކަވެ، ގިނަ ބައެއްގެ ފުރާނަ ގެއްލުނު މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމުގައި ވިދާޅުވެ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ…