ވީއައިއޭގެ ޓެކްސީވޭ ޗާލީ ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓެކްސީވޭ ޗާލީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ. ވީއައިއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 3،200 މީޓަރުގެ ދިގު ޓެކްސީވޭ ޗާލީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 10 އޭޕްރީލް 2025 ގައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން މަތިންދާބޯޓާއި…