ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 176 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި، 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލާފައިވަނީ 2006 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 1000 ގްރާމް ކެނަބިސްއާއި، 2016 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2925.952 ގްރާމް ކޮކޭންގެ އިތުރުން 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލެވިހުރި ތަކެއްޗާ އަދި މި…